ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ހެނދުނު 10 ޖެހުމާ ހަމައަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ހެނދުނު 10 ޖެހުމާ ހަމައަށް 530 މީހުން ވޯޓުލައިފި

Author
އަހުމަދު
06 ޖޫން 2026 11:08
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ހެނދުނު 10:00 ޖެހުމާ ހަމައަށް 530 މީހުން ވޯޓުލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް ވޯޓުލާފައިވަނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 4121 މީހުންގެ ތެރެއިން 12.86 އިންސައްތަ މީހުންނެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 288 ފިރިހެނުންނާއި 242 އަންހެނުންނެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ އާބާދީގައި ހިމެނެނީ 2073 އަންހެނުންނާއި 2048 ފިރިހެނުންނެވެ. މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.

މި ބައި-އިލެކްޝަންގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ 5 ފޮއްޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެގެން އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުކުރި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ޙުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާކަން ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ މެންބަރުކަމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.