އަލްއަޤްޞާ މިސްކިތުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އަލްއަޤްޞާ މިސްކިތުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

Author
އަހުމަދު
03 ޖޫން 2026 09:16
0

އިޒްރޭލުގެ ޔަހޫދީން އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގައި އިޒްރޭލުގެ ދިދަ ނެގި މައްސަލަ ދިވެހި ސަރުކާރުން މިއަދު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ އަސްކަރިއްޔާގެ ހިމާޔަތުގައި ތިބެ ޔަހޫދީ ވަޒަންވެރިން މިސްކިތަށް ވަދެ ނަމާދުކުރުމަށް ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިއީ މުސްލިމުންގެ މުޤައްދަސް ބިނާގެ ޙުރުމަތް ކަނޑައި، ތާރީޚީ އަދި ދީނީ މުހިންމުކަމަށް އުނިކަންދީ، ގަސްދުގައި މަސްލަހަތު ނަގާލުމަށް ހިންގާ ދަށުދަރަޖައިގެ ޖަރީމާއެއްކަމަށް ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

މިފަދަ އިންސާނީ ޙައްޤުތަކާ ޚިލާފު ބޮޑެތި އަމަލުތައް ހުއްޓުވައި، އިޒްރޭލު ޒިންމާދާރުކުރުވުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި އިސްލާމީ މުޤައްދަސް ބިނާތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ސަރުކާރުގެ ބަޔާނުގައި ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.