ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އާ ނައިބު ރައީސްކަމުގެ މަޤާމަށް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކޮށްފިއެވެ.
ފަނޑިޔާރު ޝަހީދު މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޔަޒްމީދު މުޙައްމަދު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާއަކީ އުއްތަމަ ފަނޑިޔާރު ފިޔަވައި، ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިންތިޚާބުކޮށްފައިވާ ހަމައެކަނި ފަނޑިޔާރެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި މިހާރު ހުންނެވީ އަލްއުސްތާޛު ޙުސްނީ މުބާރަކެވެ.
ކޮމެންޓު ފޮނުވާ