ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ސާވޭ ފަށައިފި

ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ސާވޭ ފަށައިފި

Author
އަހުމަދު
02 ޖޫން 2026 04:55
0

މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ފަށައިގެން ކުރިއަށްދަނީ މި މަޝްރޫއުގެ ދަށުން މަގުތައް ހެދުމަށް ބޭނުންވާ ތަފްސީލީ ކުރެހުންތައް އެކުލަވާލުމުގެ މަސައްކަތެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއެކެވެ. މިކަމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން މަސައްކަތާ ގުޅޭ ސަރަހައްދުތައް ސާވޭކުރުމާއި، ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަޝްރޫއު ނިމުމުން މާލެއާއި ވިލިމާލޭގެ މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން އާންމުންނަށް ދިމާވަމުންދާ ދަތިތަކަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.