ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު އާދިލް ހެލްތު މިނިސްޓްރީއަށް ބަދަލުުރި މަހުގައި ދެ މިނިސްޓްރީން މުސާރަ ޖަމާވެ، ޓްރާސްޕޯޓު މިނިސްޓްރީން ޖަމާވި މުސާރަ އަނބުރާ ހަވާލުކުރުމަށް އާދިލްއަށް ދަންނަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާދިލްއަށްވަނީ މީގެ މީގެ ދުވަސް ކޮޅެއްކުރިން ޓްރާސްޕޯޓުން އާދިލްއަށް ޖަމާވި މުސާރަ އިޔާދާކޮށް ދިނުމަށް މެއިލްއަކުން ދަންނަވާފައެވެ. ނަމަވެސް އެމެއިލް ނުލިބޭކަމަށް އާދިލް ދެންނެވުމުން މިއަދުވެސް އާދިލްއަށްވަނީ އިތުރު މެއިލްއަކުން މި މުސާރަ ޖަމާކޮށް ދިނުމަށް ދަންނަވާފައެވެ.
މިކަމާއި ގުޅޭގޮތުން ޚަބަރު އޮންލައިނުން ސްޓޭޓް މިނިސްޓަރ އާދިލް އަށް ގުޅާލުމުން ވިދާޅުވީ އެމަހުގައި ދެ މިނިސްޓްރީން މުސާރަ ލިބިފައިވާކަމަށެވެ. އަދި ޓްރާސްޕޯޓުން ގުޅުމުން މެއިލްއަކުން އަންގައި، އެކައުންޓް ނަންބަރު ފޮނުވުމަށް ދަންނަވާފައިވާކަމަށެވެ. ނަމަވެސް މިއަދު އަދި މެއިލް ޗެކްކޮށް ނުލެވޭތީ މެއިލް ލިބިފައިވާކަމެއް ޔަގީން ނުވާކަމަށެވެ. އޭނާ ވިދާޅުވީ އެކައުންޓު ނަންބަރު ލިބުމުން އެފައިސާ ޖަމާކުރާނެކަމަށެވެ.
އެމްޑީޕީގެ ސްލޮޓެއްގައި ޓްރާސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ އާދިލް ކުއްލި ގޮތަކަށް ހެލްތަށް ބަދަލުކުރައްވާފައިވަނީ ކޮން ސަބަބަކާއި ގުޅިގެންކަމެއް ސާފެއް ނުވެއެވެ. އާދިލް ހެލްތު މިނިސްޓްރީއަށް ބަދަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ