ޓިކްޓޮކް ބޮޑު ބަދަލަކާއެކު "ސުޕަ އެޕް" އަކަށް: ބުކިންގ އާއި ފައިސާގެ މުއާމަލާތްތައް އެއްތަނަކުން

ޓިކްޓޮކް ބޮޑު ބަދަލަކާއެކު "ސުޕަ އެޕް" އަކަށް: ބުކިންގ އާއި ފައިސާގެ މުއާމަލާތްތައް އެއްތަނަކުން

Author
އަހުމަދު
31 މެއި 2026 01:17
0

ހަމައެކަނި ވީޑިއޯ ބަލައިލުމަށް ބޭނުންކުރަމުން އައި މަޝްހޫރު އެޕްލިކޭޝަން "ޓިކްޓޮކް" އިން، ހޮޓާ ބުކްކުރުމާއި ފައިސާގެ މުއާމަލާތްތައް ހިމެނޭހެން ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭ "ސުޕަ އެޕް" އަކަށް ބަދަލުވުމުގެ މަސައްކަތް ފަށައިފިއެވެ.

ޗައިނާގެ "ވީޗެޓް" ފަދަ އެޕްތަކާ އެއްގޮތަށް ޓިކްޓޮކް ބައްޓަންކުރުމުގެ ގޮތުން، އެ ކުންފުނިން ދާދިފަހުން ވަނީ އެމެރިކާގައި "ޓިކްޓޮކް ގޯ" ގެ ނަމުގައި އާ ފީޗާއެއް ތައާރަފްކޮށްފައެވެ. މި ފީޗާ މެދުވެރިކޮށް އެޕުން ބޭރަށް ނުގޮސް، ސީދާ ޓިކްޓޮކް ތެރެއިން ހޮޓާތަކާއި އެކިއެކި ހަރަކާތްތަކަށް ބުކިންގ ހެދޭނެއެވެ. މީގެ އިތުރުން މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބްރެޒިލްގެ ސެންޓްރަލް ބޭންކުގައި ފިންޓެކް ލައިސަންސަކަށްވެސް މިހާރު ވަނީ އެދިފައެވެ. މި ލައިސަންސް ލިބުމާއެކު، އެޕް މެދުވެރިކޮށް ޕްރީޕެއިޑް އެކައުންޓް ހުޅުވުމާއި، ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން ލޯނު ދޫކުރުމުގެ ޚިދުމަތްވެސް ޔޫޒަރުންނަށް ލިބިގެންދާނެއެވެ.

އެމެޒޯން ފަދަ ބޮޑެތި ކުންފުނިތަކާ ވާދަކުރަމުން އަންނަ "ޓިކްޓޮކް ޝޮޕް" އަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ފާއިތުވި 2025 ވަނަ އަހަރު އެކަނިވެސް އެމެރިކާގައި 15.82 ބިލިއަން ޑޮލަރުގެ ވިޔަފާރި ވަނީ ކޮށްފައެވެ. އަދި މިހާރު ލަގްޒަރީ ބްރޭންޑްތަކުގެ މުދާވެސް އެޕް މެދުވެރިކޮށް ގަނެވޭނެއެވެ. ޔޫޒަރުން އެޕްގައި ހޭދަކުރާ ވަގުތު އިތުރުކުރުމަށްޓަކައި، ޓިކްޓޮކުން އަންނަނީ ގޫގުލްއަށް ގޮންޖެހުމަކަށް ވާގޮތަށް ސާޗް އަދި މެޕްގެ ޚިދުމަތްތައް ފުޅާކޮށް، ރެސްޓޯރަންޓްތަކުގެ މައުލޫމާތާއި ރިވިއުތައްވެސް ހިމަނަމުންނެވެ. މީގެ އިތުރުން ކުރު ޑްރާމާތައް ބެލޭނެ "މިނިސް" ސެކްޝަނަކާއި، މެސެޖުކުރަމުން ކުޅެވޭނެ ގޭމްތައްވެސް މިހާރު ވަނީ ތައާރަފްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.