މިމަހު 9 ގެ ފަހުން ގއ.އަތޮޅުފެރީން ދަތުރުކޮށްފައިވާ މީހުން ކަރަންޓީންވާން އަންގައިފި

މިމަހު 9 ގެ ފަހުން ގއ.އަތޮޅުފެރީން ދަތުރުކޮށްފައިވާ މީހުން ކަރަންޓީންވާން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 02:24
0

މިމަހު 9 ގެ ފަހުން ގއ.އަތޮޅުފެރީން ދަތުރުކޮށްފައިވާ މީހުން  ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިއްޖެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ 9 ޖަނަވަރީ 2021 ވަނަ ދުވަހު ގއ އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4″ އިން ދަތުރުކުރުކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްޙީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދޭކަމަށެވެ. އަދި މިމުއްދަތުގައި އެ ފެރީން ދަތުރުކޮށްފައިވާ އެންމެން މިމަހުގެ23 ގެ ނިޔަލަށް ކަރަންޓީނުވެ ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. 

ގއ.ދެއްވަދޫގައި ކޯވިޑުގެ ނުރައްކާބޮޑުވެ އަތޮޅުގެ އެހެންރަށްތަކަށް ބަލި ފެތުރި، މިއަދު ވަނީ ގއ.އަތޮޅުގެ ވެރިކަން ކުރާ ރަށް ވިލިގިއްޔާއި، ދާންދޫ މޮނިޓަރިންއަށް ލަފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.