ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ސުވާލެއް ކުރުމާ ގުޅިގެން ކޯޓު އަމުރަކާއި ޚިލާފްވި ކަމަށް ބުނެ ޖަލަށްލި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން މިއަދު މިނިވަންވެއްޖެއެވެ.
ޝަހުޒާނަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ. މި ހުކުމް އައިސްފައިވަނީ، އޭނާ ރައީސްއާ ކުރި ސުވާލަކީ 'އައިޝާ' ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރާ ކޯޓު އަމުރާ ހިލާފުވުން ކަމަށް ކަނޑައެޅުމަށްފަހުގައެވެ. ޖަލު ހުކުމުގެ އިތުރުން ޝަހުޒާން ވަނީ 26،800 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.
ޝަހުޒާންގެ އިތުރުން 'އަދަދު' ނޫހުގެ އިތުރު ނޫސްވެރިޔަކު ކަމަށްވާ ލީވާން އަލީ ނަސީރުގެ މައްޗަށްވެސް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވައި، 25،800 ރުފިޔާއިން ޖޫރިމަނާކުރިއެވެ. ލީވާން މިދިޔަ ހުކުރު ދުވަހު މިނިވަންވެފައިވާއިރު، މި ދެ ނޫސްވެރިންގެ ޖޫރިމަނާ ފައިސާ ދެއްކުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އާންމުންގެ މާލީ އެހީތެރިކަމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ