ރެއާލް މެޑްރިޑަށް 63 މިލިއަން ޔޫރޯއަށް މިދިޔަ އަހަރު އައިންޓްރަކްޓް ފްރޭންކްފާޓުން ވިއްކާލި، ލުކަ ޔޯވިޗް ލޯން އެއްބަސް ވުމުގެ ދަށުން އެނބުރި ފްރޭންކްފާޓަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފްރެންކްފާޓުން ބުނީ ސާބިއާގެ ފޯވަޑް ސީޒަން ނިމެންދެން ފްރެންކްފާޓަށް ގެންނަން ރެއާލް މެޑްރިޑާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ރެއާލްގެ ޓީމުން ޖާގަ ހޯދުމުގައި ޔޯވިޗަށް ވަނީ އުނދަގޫ ކުރިމަތިވެފަ އެވެ. ކޯޗް ޒައިނުއްދީން ޒިދާން ސްޓައިކަރެއްގެ ގޮތުގައި ފުރުސަތު ދެނީ އޭނާ އާ އެއްގައުމަކަށް ނިސްބަތްވާ ކަރީމް ބެންޒެމާ އަށެވެ.
ރެއާލްއިން ޔޯވިޗް ގެނައީ 2018-2019 ސީޒަންގައި އޭނާ ދެއްކި ކުޅުމާ އެކުއެވެ. އެ އަހަރު ޔޫރޮޕާ ލީގްގައިވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
ކޮމެންޓު ފޮނުވާ