ފަތުރުވެރިކަމަށް ހުޅުވާލުމުން ނިލަންދޫ ބަންދުވެ، ރައްޔިތުން ނުރުހުން ފާޅުކުރަނީ

ފަތުރުވެރިކަމަށް ހުޅުވާލުމުން ނިލަންދޫ ބަންދުވެ، ރައްޔިތުން ނުރުހުން ފާޅުކުރަނީ

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 01:52
0

ފ.އަތޮޅުގެ ވެރިކަން ކުރާރަށް ނިލަންދޫ ފަތުރުވެރިކަމަށް ހުޅުވާލުމުގެ ސަބަބުން އެހެންރަށްތަކުގެ ރައްޔިތުންނަށް އެރަށުން ދެމުންދިޔަ ޚިދުމަތްތަކަށް ބުރޫއަރައި ރަށް ބަންދު ވުމާއި ގުޅިގެން އެރަަށުގެ ރައްޔިތުން ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.

ނިލަންދޫ ރައްޔިތުންދަނީ އެރަށުގެ ބަނދަރުމަތީގައި ނުރުހުން ފާޅުކޮށް، ރަށު ބަންދުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި އެރަށުން އެތައް ޚިދުމަތެއް މީގެ ކުރިން ހޯދަމުންދިޔަ އަތޮޅު ތެރޭގެ އެތައް ރައްޔިތުންނަށް ލިބެމުންދިޔަ ޚިދުމަތްތަކަށް ހުއްޓި ރައްޔިތުންނަށް އިތުރު ތަކްލީފުތަކާއި ކުރިމަތި ވެފައިވަކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ނިލަންދޫ ރައްޔިތުންގެ އިޚުތިޖާޖުތަކާއި ގުޅިގެން އެދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެެމް ކައުންސިލް މެމްބަރު ޑރ.އަބްދުﷲ ޚަލީލު ވިދާޅުވީ ފަތުރުވެރިކަމަށް މީހުން ދިރިއުޅޭ ރަށްރަށް ހުޅުވަލުމަށް ކައުންސިލްތަކަށް ދިން ބާރު ނިގުޅައިގަނެފައިވާކަމަށެވެ. އަދި މިއަދު މިބާރުގެ ބޭނުންވެސް ސަރުކާރުން ހިފައި ރައްޔިތުންނަށް އިތުރު ތަކްލީފުތަކާއި ކުރިމަތިވާނެގޮތަކަށް ކަންކަން ކުރަމުންދާކަމަށެވެ.

ފަތުރުވެރިކަމަށް މީހުން ދިރިއުޅޭ ރަށްރަށް ހުޅުވަލުމަށް ކައުންސިލްތަކަށް ދިން ބާރު ނިގުޅައިގަނެ، އެހުއްދަ ސަރުކާރުން ދޭން ފެށުމުން ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުން. ނިލަންދޫއަށް ފަތުރުވެރިން އައުމާއިއެކު ނިލަންދޫ ރައްޔިތުން ބަންދުވެއްޖެ.

– ޑރ.ޚަލީލް ވިދާޅުވިއެވެ.

ޑރ.ޚަލީލު ވިދާޅުވީ ނިލަންދުއަކީ އަތޮޅުތެރޭގެ ގިނަ ރައްޔިތުން ޚިދުމަތް ހޯދަމުންދާ ރަށަކަށްވާއިރު، ޚިދުމަތްތަކަށް ހުރަސް އެޅޭގޮތަށް ސަރުކާރުގެ ނިންމި ނިންމުމަކީ ރާއްޖެއަށް ގެނައި ލާމަރުކަޒީ ނިޒާމާއި މުޅިން ޚިލާފަށް ނިންމުމެއްކަމަށް ޑރ.ޚަލީލް ވިދާޅުވިއެވެ.

އާންމުކޮށް ނިލަދުއަށް ޞިއްޚީ ޚިދުމަތް ހޯދާ އދ.ފެންފުށި، މާމިގިލި، ފ.އތޮޅުގެ ރަށްތައް، ދ.މީދޫ، ބަނޑިދޫ، ރިނބިދޫ އަދި ހުޅުދެލީ ރައްޔިތުންނަށް ނިލަންދޫ އިން ލިބެމުންދިޔަ ލިޔުންތަކަށް ހުރަސް އެޅިއްޖެ. ސަރުކާރުން އެދެކޭ ރަށްވެހި ފަތިހަކަށް އިރުއެރީމާ ލާމަރުކަޒީ ރާއްޖެ ފެންނަ ގޮތް.

– ޑރ.ޚަލީލް ވިދާޅުވިއެވެ.

ނިލަންދޫއަކީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް ގިނަ ރަށްތަކެއްގެ ރައްޔިތުންނަށް ޞިއްޚީ ޚިދުމަތް ފޯރުކޮށްދީފައިވަ ރަށެކެވެ. އެގޮތުން މަލެ އަތޮޅާއި، އއ.އަތޮޅުންވެސް ނިލަންދޫ ހޮސްޕިޓަލުން ބޭސްފަރުވާގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.