ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަނީ

ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަނީ

Author
އަހުމަދު
22 މެއި 2026 09:49
0

މި އަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ހުޅުމާލޭގެ ދެ މައިދާނެއްގައި ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި ހުންނަ މަސްޖިދުލް ހަސަން އާދަމްގެ ފަހަތުގައި އޮންނަ ހުސްބިމުގައެވެ. މި ދެ ސަރަހައްދުގައިވެސް އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.

ބޮޑު ޖަމާއަތުގެ އިތުރުން، މިސްކިތްތަކުގައިވެސް އީދު ނަމާދުކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މާލޭގެ 17 މިސްކިތަކާއި، ވިލިމާލޭގެ ދެ މިސްކިތެއްގައި އީދު ނަމާދު ކުރާނެއެވެ. އަދި ހުޅުމާލެ ފޭސް އެކެއްގެ ފަސް މިސްކިތަކާއި ފޭސް ދޭއްގެ ދެ މިސްކިތެއްގައިވެސް އީދު ނަމާދުގެ ޖަމާއަތް އޮންނާނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.