ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ޖަލީލް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ޖަލީލް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
އަހުމަދު
20 މެއި 2026 09:53
0

ހއ. ތުރާކުނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށުގެ ކުރީގެ ކަތީބު އަދި ކުޑަކަތީބު އަބްދުﷲ ޖަލީލް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މަރްޙޫމްގެ އާއިލާއަށާއި ތުރާކުނުގެ އެންމެހާ ރައްޔިތުންނަށް ކެތްތެރިކަން އެދިވަޑައިގެން ތަޢުޒިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އަބްދުﷲ ޖަލީލަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އަދި "މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމް އަބްދުﷲ ޖަލީލް ލައްވާށި" ކަމަށް އެދިވަޑައިގެން ރައީސް ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދުޢާކުރައްވާފައެވެ.

އަބްދުﷲ ޖަލީލަކީ ތުރާކުނުގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، ރައްޔިތުންނާ ގުޅޭ ހިތްހެޔޮ ބޭފުޅެކެވެ. އެގޮތުން ރަށަށް ގެނެސްދެއްވި ކުރިއެރުންތަކާއި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ސަބަބުން، އޭނާއަކީ ތުރާކުނުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ލޯތްބަކާއި އިޙްތިރާމެއް ހޯއްދަވާފައިވާ ނަމޫނާ ޝަޚްޞިއްޔަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.