6 ފަހަރު ވޯޓުލައިގެން ވެސް މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ނުހޮވުނު

6 ފަހަރު ވޯޓުލައިގެން ވެސް މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ނުހޮވުނު

Author
އަހުމަދު
18 މެއި 2026 01:56
0

އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށް 6 ފަހަރު މަތިން ވޯޓުލައިގެން ވެސް ނަތީޖާ އެއްވަރުވުމުން، އެ މަސައްކަތް ހުއްޓިއްޖެއެވެ.

އަލަށް އިންތިހާބުވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުން އިއްޔެ ހުވާކުރެއްވުމަށްފަހު، މަހިބަދޫ ކައުންސިލުން ވަނީ ނައިބު ރައީސަކު ހޮވުމަށް އެ ކައުންސިލްގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ. ނަމަވެސް ވިދިވިދިގެން 6 ފަހަރު ވޯޓު ނެގިއިރު ވެސް އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބޭގޮތް ވަނީ ނުވެފައެވެ.

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްކަމަށް ވާދަކުރެއްވީ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރެކެވެ. ފުރަތަމަ ބުރުގައި އެމްޑީޕީގެ ކައުންސިލަރު ޒައީމާ މުހައްމަދާއި ޕީއެންސީގެ ކައުންސިލަރު މުހައްމަދު މައުމޫނަށް ކޮންމެ ބޭފުޅަކަށް 2 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ގޮތުން އިންތިހާބުވި ބުންޔާމީން ހަސަނަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ.

ނަތީޖާ އެއްވަރުވުމުން އިތުރަށް 5 ފަހަރު ވޯޓުލީ ނަމަވެސް، އެއިން ކޮންމެ ފަހަރަކު އެއް ވޯޓު ބާތިލުވުމުގެ ސަބަބުން އެމްޑީޕީ އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ލިބިވަޑައިގަތީ ހަމަ ދެ ވޯޓެވެ. މިއާއެކު ނައިބު ރައީސަކު ކަނޑައެޅޭނެ ގޮތެއް ނުވެ، ކައުންސިލްގެ އެ މަސައްކަތް މިވަގުތަށް ވަނީ މަޑުޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.