ޓޮޓެންހަމް އެއްވަރުވެ ކުރިއަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި

ޓޮޓެންހަމް އެއްވަރުވެ ކުރިއަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 12:06
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން ފުލަމްއާ 1-1 އިން އެއްވަރުވެ ލީގުގައި ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ޓޮޓެންހަމަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުން ހެރީ ކޭން އެވެ. ލީޑުފުޅާކުރަން ޓޮޓެންހަމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ފުލަމް އިން އެއްވަރުކުރީ މެޗު ނިމެން 16 މިނިޓަށް ވެފައި ވަނިކޮށް އިވާން ކަވަލޭރޯ ޖެހި ގޯލުންނެވެ.

ކުރިން ޝެޑިއުލްގައި އޮތްގޮތުން ޓޮޓެންހަމް ރޭގެ މެޗު ކުޅެން އޮތީ އެސްޓަން ވިލާއާ އެވެ. އެކަމަކު އެސްޓަން ވިލާގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައިވާތީ އެ ޓީމުގެ ބަދަލުގައި ޕްރިމިއާ ލީގުގެ ބޯޑުން ހަމަޖެއްސީ ޓޮޓެންހަމާއި ފުލަމް މެޗު ކުޅޭގޮތަށެވެ. މި މެޗަކީ ވެސް ފުލަމްގައި ކޯވިޑް ކޭސްތަކެއް ގިނަވި ދުވަސްތަކުގައި ފަސްކުރަން ޖެހުނު މެޗެކެވެ.

ހަ ވަނައިގައި އޮތް ޓޮޓެންހަމް ރޭ މޮޅުވިނަމަ އެ ޓީމަށް ލަނޑުގެ ތަފާތުން ތިން ވަނަ އަށް އެރޭނެ އެވެ. އެހެން ނަމަވެސް އެއްވަރުވުމުން އެ ޓީމު ހަ ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.