އައު ކައުންސިލަރުން ހުވާކުރައްވައި، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވައިފި

އައު ކައުންސިލަރުން ހުވާކުރައްވައި، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވައިފި

Author
އަހުމަދު
17 މެއި 2026 11:15
0

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް އިންތިހާބުވި ސިޓީތަކާއި ރަށްތަކުގެ ކައުންސިލަރުން މިއަދު ހުވާކުރައްވައި، އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވައިފިއެވެ.

ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް ރާއްޖޭގެ ބޮޑު ފަސް ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގެ އިތުރުން ގިނަ ރަށްތަކެއްގެ ކައުންސިލަރުން މިހާރު ވަނީ ހުވާކުރައްވާފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ ކައުންސިލަރުން ހުވާކުރުން މިއަދުގެ އެކި ވަގުތުތަކުގައި ކުރިއަށްދާނެއެވެ. މާލެ ސިޓީ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިގުރާރުގައި ސޮއިކުރުމުގެ ހާއްސަ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރުގައެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 677 ކައުންސިލަރުން އިންތިހާބުކޮށްފައިވާއިރު، މިއަދު އޭގެ ތެރެއިން 676 ބޭފުޅަކު ހުވާކުރައްވާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވި 673 މެންބަރުންގެ ތެރެއިން 662 މެންބަރަކު މިއަދު އިގުރާރުގައި ސޮއިކުރައްވާނެއެވެ.

މި އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ވަނީ 580 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް 560 އަށްވުރެ ގިނަ ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ 168 ގޮނޑި ކާމިޔާބުކުރައްވާފައެވެ. މީގެ އިތުރުން އެމްޑީއޭއަށް 23 ގޮނޑި، އަދާލަތު ޕާޓީއަށް 6 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 4 ގޮނޑި އަދި ޑިމޮކްރެޓްސްއަށް 2 ގޮނޑި ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.