އުކުޅަހުގަައި ޗުއްޓީ ހޭދަކުރުމަށްފަހު އެބުރި ޤައުމަށް ދިއުމަށް ތައްޔަރުވި ފަތުރުވެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުކުޅަކު ކައުންސިލުން ބުނެފައިވަނީ މިފަތުރުވެރިޔަ ޕޮޒިޓިވް ވެފައިވަނީ ޗުއްޓީއަށްފަހު އެބުރި ޤައުމަށް ދިއުމުގެ ކުރިން އެކުޅަހުން ނެގި ޓެސްޓުން ކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ ޗެކްރިޕަބްލިކުގެ 43 އަހަރުގެ އަންހެން ފަތުރުވެރިއެއްކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މިމީހަ ޕޮޒިޓިވް ވުމައި ގުޅިގެން ކޮންޓެކްޓް ޓްރައިސިންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ރަށުތެރެއަށް މިކަމުގެ ނުރައްކަތެރިކަން ނެތްކަމަށް ކައުންސިލް ބުނެއެވެ. އުކުޅަކުގައި މީގެ ކުރިންވެސް ފަތުވެރިން ޕޮޒިޓިވްވި ނަމަވެސް އެރަށުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރަށުތެރެއަށް ކޯވިޑް ފެތުރިގެން ނުދާކަން ފާހަގަވެއެވެ.
ކޮމެންޓު ފޮނުވާ