"އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

"އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

Author
އަހުމަދު
12 މެއި 2026 07:54
0

ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި ދެ ނޫސްވެރިންނަށް އަދަބު ދީފައިވަނީ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އަމަލުކުރި ގޮތުންނެވެ. އެގޮތުން، ލީވާންގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ ކޯޓު އަމުރާ ގުޅޭ ޚަބަރެއް ލިޔުމުން ކަމަށްވާއިރު، ޝަހުޒާންގެ މައްސަލައަކީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރުމެވެ.

ކްރިމިނަލް ކޯޓުން ކުރިން ނެރެފައިވާ އާންމު އަމުރުގައި އަންގާފައިވަނީ، ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށެވެ. މި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އިސްވެރިންނަށް ވެސް ވަނީ ދައުވާކޮށްފައެވެ. އެގޮތުން، "އަދަދު" ގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.