ޕޮޗެޓީނޯއާއިއެކު ފުރަތަމަ ތަށި ޕީއެސްޖީން ކާމިޔާބު ކޮށްފި

ޕޮޗެޓީނޯއާއިއެކު ފުރަތަމަ ތަށި ޕީއެސްޖީން ކާމިޔާބު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 10:02
0

ފްރާންސްގެ ލީގު ޗެމްޕިއަނުން ލީގު ކަޕްގެ ޗެމްޕިއަނުން މެދު ގައި ކުޅޭ ޗެމްޕިއަންސް އޮފް ފްރާންސް ޓްރޮފީ ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ފްރާންސްގެ ލެންސްގައި ކުޅުނު މެޗު ކާމިޔާބުކޮށް ޕީއެސްޖީން ތަށި އުފުލާލީ މާސޭ ވާދަކޮށް 2-1 ލަނޑުންނެވެ. ފުރަތަމަ ހާފްގައި މައުރޯ އިކާޑީ ލަނޑެއް ޖަހައި ކުރި ހޯދައިދީފަވަނިކޮށް ޕީއެސްޖީއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ލިބުނު ޕެނެލްޓީއަކުން ނޭމާއެވެ. މިއީ އަނިޔާއިން އެނބުރިއައިސް އޭނާ ޕީއެސްޖީއަށް ކުޅުނު ފުރަތަމަ މެޗެވެ.

މާސޭގެ ހަމައެކަނި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޑިމިޓްރީ ޕަޔެޓްއެވެ. މި މޮޅާއެކު ފްރާންސްގެ ކުލަބް ފުޓްބޯޅައިގެ ކާމިޔާބީ އެޓީމުން އަންނީ ދަމަހައްޓަމުންނެވެ. އެންމެފަހުން ފްރާންސްގެ އެތެރޭގެ މުބާރާތްތަކުގައ ވާދަކުރި 20 ފައިނަލުގެ ތެރެއިން 19 ފައިނަލެއް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެންމެފަހުން 8 ފަހަރުވެސް މިތަށި ކާމިޔާބުކޮށްފަ ވަނީ ޕީއެސްޖީންނެވެ.

ޕޮޗެޓީނީއޯ ހަތަރު އަހަރު ސްޕެއިންގެ އެސްޕެނިއޯލްއާ އެކު ހޭދަކުރި އިރު ތައްޓެއް ނުހޯދުނު އިރު އިނިގރޭސި ކުލަބް ސައުތުހެމްޓަންއާ އެކު 16 މަސް އަދި ޓޮޓަނަމްއާ އެކު ހޭދަކުރި ފަސް އަހަރު ތެރޭގައި ތައްޓެއް ހޯދުމާ ގާތައް ދިޔައިރު ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މިއީ އޭނާ ޕީއެސްޖީއާ ހަވާލުވުމަށްފަހު 11 ދުވަސް ތެރޭގައި ހޯދައިދިން ފުރަތަމަ ތައްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.