ކަރަންޓު ބިލު ބޮޑުވީ މައްސަލައަކުން ނޫން، ހޫނުގަދަވެގެން ކަރަންޓު ބޭނުންކުރި ވަރު އިތުރުވީ: ފެނަކަ

ކަރަންޓު ބިލު ބޮޑުވީ މައްސަލައަކުން ނޫން، ހޫނުގަދަވެގެން ކަރަންޓު ބޭނުންކުރި ވަރު އިތުރުވީ: ފެނަކަ

Author
އައިޝަތު އަޙްމަދު
27 އޭޕްރިލް 2026 10:57
0

މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ބިލުކުރުމުގެ މައްސަލައަކުން ނޫން ކަމަށާއި، އެއީ ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވުމާ ގުޅިގެން ސްޓެލްކޯ އަދި ފެނަކައިގެ ކަސްޓަމަރުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ރޯދަމަހުގެ ޑިސްކައުންޓާއެކު ކުޑަ ބިލެއް ދެއްކުމަށްފަހު، ކުއްލިއަކަށް ބިލު ބޮޑުވުމުން ގިނަ ބަޔަކު ވަނީ މިއީ ބިލުކުރުމުގައި އުޅޭ މައްސަލައެއްތޯ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ، އެ ކުންފުނިން ބޭނުންކުރާ މީޓަރުތަކުން ރީޑިން ނަގަނީ އެއްވެސް މައްސަލައެއް ނެތި ރަނގަޅަށް ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ހޫނުގަދަވާ މާޗު އަދި އެޕްރީލް މަހު ކަރަންޓު ބިލު ބޮޑުވުމަކީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް އާންމުކޮށް ފާހަގަކުރެވިފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނާޝިތު އިތުރަށް ވިދާޅުވީ ބިލު ބޮޑުވެފައިވަނީ ބިލިންގް ސިސްޓަމްގެ މައްސަލައަކުން ނޫން ކަމަށާއި، އެއީ ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވުމުން ކަމަށެވެ. އެގޮތުން، ހޫނު މޫސުމާ ގުޅިގެން ކޮންމެ ރަށެއްގެ އިންޖީނުގެއިން ވެސް ކަރަންޓު އުފައްދާ މިންވަރާއި، އެކަމަށް ޑީސަލް އަންދާ މިންވަރު ގާތްގަނޑަކަށް 25 އިންސައްތަ އިތުރުވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.