އަމީނިއްޔާ ގްރޭޑް 3 އަށް ކިޔަވައިދޭ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އަމީނިއްޔާ ގްރޭޑް 3 އަށް ކިޔަވައިދޭ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 08:38
0

އަމީނިއްޔާ ސްކޫލުގެ ގްރޭޑް 3 ގެ ޓީޗަރެއް މިއަދު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

ހެލްތު އެެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ އަމީނިއްޔާ ޓީޗަރަކު ޕޮޒިޓީވް ވުމާއި ގުޅިގެން ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ދިމާވެފައިވާ އިތުރު ޓީޗަރުންވެސް ވަނީ ކަރަންޓީން ކުރެވިފައިކަމަށެވެ. ކަރަންޓީން ކުރެވުނު އިތުރު ޓީޗަރުންނާއި ދިމާވެފައިވަނީ ސްކޫލުން ބޭރުގައިކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.

ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އެޗްއީ އޯސީން ވިދާޅުވެއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިހަފްތާގެ އާދީއްތަ ދުވަހު ފަށާފައިވާއިރު، ހުރިހާ ސްކޫލެއްގައިވެސް ކިޔަވައި ދެމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށްވުމުން ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިކޮށް، ކޮންޓެކްޓުން ދެނެގަތުމަށް ފަސޭހަތަކެއް ލިބިގެން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.