މޫކޭގެ ދައުވަތު މުއިއްޒަށް: ދެން ވެހޭ ދުވަހު ވަޑައިގަންވާތި ފޮޓޯއެއް ނަންގަވަން

މޫކޭގެ ދައުވަތު މުއިއްޒަށް: ދެން ވެހޭ ދުވަހު ވަޑައިގަންވާތި ފޮޓޯއެއް ނަންގަވަން

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 08:01
0

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްޤީކުރި ކަނބާ އައިސާ ރަނިހިނގުމުގެ ފޮޓޯއެއް ދެން އެންމެ އަވަހަށް ވަރޭ ވެހޭ ދުވަހަކު ނަގަން ވަޑައިގެންނެވުމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒަށް، އާރުޑީސީގެ އެމްޑީޕީ މޫސާ އަލި މަނިކު ދައުވަތު ދެއްވައިފިއެވެ.

ކަނބާއައިސާ ރަނި ހިނގުން އެންމެފަހުން ހެދިފަހުން މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑު ވެފައިވާކަމަށްބުނެ ޑރ.މުއިއްޒު ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ ދެން އެންމެ އަވަހަށް ވެހޭ ދުވަހަކުން ރަނގަޅު ފޮޓޯއެއް ނަންގަވައި ތަޖުރިބާ ކޮށްލުމަށް މުއިއްޒުއަށް ދައުވަތު ދެއްވާކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މާލޭގެ މަގުތައް ހަދާއިރު، ހޮޅިތައް އަޅަނީ ބިމުގެ އަޑިން ކަމަށާއި، ފެންނަ ގޮތަށް ހޮޅި އަޅައި މަގުހެެދުމަކީ ސަރުކާރުން އެހާ ތާއީދު ކުރާކަމެއް ނޫންކަމަށެވެެ.

ދެން ވެހޭ ދުވަހަކުން ވަޑައިގަންނަވާތި ފޮޓޯއެއް ނަންގަވާލާ އަމަލީ ތަޖުރިބާ ހޯއްދަވާލަން. އަޅުގަނޑުމެން ހޮޅިތައް އަޅަނީ މަގުގެ އަޑީގަ. އެހެންވެ ފެންނަން ހުންނަނީ އިގޭތޯ.

– މޫކޭ ވިދާޅުވިއެވެ.

ކަނބާ އައިސާރަނި ހިނގުން ހަދިފަހުން ފެންބޮޑުވުނާކަމަށް ބުނެ މާލެ ސިޓީގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ދަނީ ބުނަނުންނެވެ. ނަމަވެސް އިދިކޮޅު ވަނީ އެ މަގުގައި ފެންބޮޑުވެފައި ވަނިކޮށް ފޮޓޯއެއް ހިސްސާކޮށްފައެވެ. އެފޮޓޯއިން އެއީ ފަހުން މަގު ހަދާފައިވަނިކޮށް ކަމެއް ނޫނީ އޭގެ ކުރިން ނެގި ފޮޓޯއެއްކަމެއް ސާފުވާ ގޮތެއްނުވެއެވެ. އެހާވެސް ބޮޑަށް އެމަގުމައި ފެންބޮޑުވެފައިވާ މަންޒަރު ދައްކުވައިދޭ އެފޮޓޯއާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެފައިވަނީ އެއީ މާ ކުރީގެ ފޮޓޯއެއް ކަމަށެވެ.

ކަނބާ އައިސާރަނި ހިނގުމުގެ ބައެއް ތަރައްޤީކޮށް ސަރުކާރުން ވަނީ އެމަޝްރޫޢުގެ ނިމުން ފާހަގަކޮށްފައެވެ. މާލޭ ރޯޑްސްކޭޕިންގްގެ ދަށުން ތަރައްޤީކުރި ކަނބާއައިސާ ރަނިހިނގުން ޚާއްޞަ ހިނގާލުމަކުން ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Salhi baisaa
Holhi vani maguge adeega eh ekam thi goas v holhitha hunnan vaani reethi koh fennaane hen matheega eluvaafa
އ އައިސް
މޫކޭ މިކާކު މުއިއްޒު އާ ބަލާފަ ...ހެހެ ކޮސް ނުގޮވާ...
l lol
mukey vas rangalhu vaane kuni muizzu ah vure