މުއިއްޒުގެ އާދޭސް ސަރުކާރަށް: ގުޅީފަޅު މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްދެއްވާ!

މުއިއްޒުގެ އާދޭސް ސަރުކާރަށް: ގުޅީފަޅު މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްދެއްވާ!

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 07:39
0

މާލޭގެ އެތައްހާސް ބަޔަކު ބޯހިޔަވަހިކަން ކަށަވަރު ވެފައި ނުވާއިރު، ގުޅީފަޅުގައި ޕޯޓް ހެދުމުގެ ބަދަލުގައި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަ ކުރުމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި އާދޭހައިއެކު ދަންނަވައިފިއެވެ.

ގުޅީފަޅުގައި މިސަރުކާރުން ހެދުމަށް މަސައްކަތްކުރާ ޕޯޓް މަޝްރޫޢު ހުއްޓާލައި ބޯހިޔާވަހިކަމަށް ގުޅީފަޅު ޚާއްސަކުރުމަށް ގޮވާލައި މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕޯޓް ހެދުމުގެ މަޝްރޫޢު މިހާރުވެސް ހުއްޓާލައި، އެމަޝްރޫޢު ތިލަފުއްޓަށް ބަދަލު ކުރުމުގެ ފުރުސަރު އެބައޮތްކަމަށެވެ. މިމަޝްރޫއު ތިލަފުއްޓައް ބަދަލު ކުރުމުން އެތަބަކަޔަށް ފަސޭހަކަމާއިއެކު ބޯހިޔާވަހިކަން ލިބޭނެ ފުރުސަތު ތަންވަސްވެ ރައްޔިތުންނަށް އުންމީދު ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގުޅިފަޅުގައި ޕޯޓް އެޅުމުގެ ބަދަލުގައި އެއީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަ މަންޒިލަކަށް ހެދުމަށް އެދިވެސް ވަގުތު ފާއިތު ނުވޭ. އަދިވެސް ސަރުކާރުން ބޭނުންނަމަ ޕޯޓް އެޅުން ތިލަފުއްޓަށް ބަދަލު ކުރެވޭނެ. މާލޭ ރައްޔިތުންގެ ހައްގުގައި މިކަން ކޮށްދެއްވަން ސަރުކާރަށް އާދޭސް ދަންނަވަން.

– މުއިއްޒު ވިދާޅުވިއެވެ.

ގުޅީފަޅު ޕޯޓް ތަރައްޤީކުރުމަށްޓަކައި ބަޖެޓުގައި 476 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ 2021 ވަނަ އަހަރުގެ ތެރޭގައި ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތްތައް ފަށާނެކަމަށެވެ.

ފެންވަރު ރަނގަޅު، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީކުރުމަކީ މިސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދަޅުވީ ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓު މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މި ޕޯޓަކީ  އެންމެންގެ އުންމީދާ ގުޅިފައިވާ ކަމެއްކަމަށާއި ރާއްޖޭގެ އުތުރާ ދެކުނުގައި ސަރަހައްދީ ޕޯޓުތައް ތަރައްގީކުރުމާއި ޚިދުމަތްތައް ފުޅާކުރުމަށް މިބަޖެޓުން އިސްކަންދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅީފަޅުގައި ޕޯޓް އެޅުން ވެގެންދާނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެއްކަމަށް އެމްޑީޕީގެ އިސް ބައެއް މެމްބަރުންވެސް ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތާޑީ
ހާދަ ހާ ހެޔޮ މުއީޒު އެކޭ ދީ