ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 10:14
0

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހެލްތު މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 31 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހާ ގުޅުވައިގެން ދޭ މި ޚާއްޞަ އިނާމަކީ، ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މި އެވޯޑަށް އަމިއްލަ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އެކި އިދާރާތަކަށްވެސް ކުރިމަތިލެވޭނެއެވެ. ޚާއްޞަކޮށް އެ އަހަރެއްގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މި އެވޯޑުގައި އިސްކަންދެވޭނެއެވެ.

މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" (Unmasking the Appeal – Countering Nicotine and Tobacco Addiction) މިއެވެ.

ހެލްތު މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި، މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އިޢުލާނާއެކު ޢާންމުކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އީމެއިލްއަށް ފޮނުވަން ޖެހެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2 މޭ 2026 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.