ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރު ބުރު: ހެނދުނު 11 ޖެހުމާ ހަމައަށް 1800 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރު ބުރު: ހެނދުނު 11 ޖެހުމާ ހަމައަށް 1800 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

Author
އަހުމަދު
18 އޭޕްރިލް 2026 01:09
0

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު އެއްވަރުވި ދާއިރާތަކުގެ އިތުރު ބުރުގެ ވޯޓުލުން މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 11:00 އާ ހަމައަށް ޖުމްލަ 1،812 މީހުން ވަނީ ވޯޓުލާފައެވެ. މިއީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 6،093 މީހުންގެ އާބާދީގެ 29.74 އިންސައްތައެވެ. އީސީން މަޢުލޫމާތު ދޭގޮތުގައި މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 829 އަންހެނުންނާއި 983 ފިރިހެނުންނެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ނަތީޖާ އެއްވަރުވުމުގެ ސަބަބުން ގޮނޑި ކާމިޔާބުކުރި ފަރާތެއް ކަނޑަނޭޅިގެން މިއަދު ވޯޓުލުން ކުރިއަށްދަނީ ޖުމްލަ ފަސް ދާއިރާއެއްގައެވެ. އޭގެ ތެރޭގައި ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަކާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުން ހިމެނެއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން، މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.