ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫން ސީދާ ސައުދީއަށް އުމްރާ ދަތުރެއް ބާއްވަނީ

ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫން ސީދާ ސައުދީއަށް އުމްރާ ދަތުރެއް ބާއްވަނީ

Author
ޙަސަން މުޙައްމަދު
17 އޭޕްރިލް 2026 11:57
0

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ސިޓީން ސީދާ ސައޫދީ އަރަބިއްޔާއަށް އުމްރާވެރިން ގޮވައިގެން ދަތުރުކުރަން ނިންމައިފިއެވެ.

އުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ "ދަ ޓްރެވެލާ" އާއި ގައުމީ އެއާލައިން "މޯލްޑިވިއަން" ގުޅިގެން ބާއްވާ މި ޗާޓަރު ފްލައިޓު އޮންނާނީ އަންނަ ޖުލައި މަހުގައެވެ. މިއީ މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުގޮސް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީގެ ޖިއްދާއަށް ކުރާ ދަތުރަކަށް ވުމުން، ދެކުނުގެ ރައްޔިތުންނަށް މައްކާއާއި މަދީނާއަށް ދިއުމުގެ މަގު ވަރަށް ބޮޑަށް ކުރުވެ، ފަސޭހަވެގެން ދާނެކަމަށް އެ އެޖެންސީން ބުނެއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭގޮތުގައި، ދަ ޓްރެވެލާގެ އެދުމުގެ މަތިން މި ދަތުރުގައި ބޭނުންކުރާނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ330 މަރުކާގެ ބޯޓެކެވެ. އެއްފަހަރާ 264 މީހުންނަށް އުފުލޭ މި ފްލައިޓުން، އާންމު އުސޫލުން ދޫކުރާ 46 ކިލޯގެ ލަގެޖް އެލަވަންސްވެސް އުމްރާވެރިންނަށް ލިބޭނެއެވެ. މި ތާރީޚީ ދަތުރުގެ ބުކިންތައް ވަރަށް އަވަހަށް ހުޅުވާލުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.