މޫސޫންގޯސްވެ ކަނޑުގަދަވާނެތީ 15 އަތޮޅަތަކަށް ވައިޓް އެލާޓް ނެރެފި

މޫސޫންގޯސްވެ ކަނޑުގަދަވާނެތީ 15 އަތޮޅަތަކަށް ވައިޓް އެލާޓް ނެރެފި

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 02:30
0

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ ކަނޑު ގަދަވާނެތީ 15 އަތޮޅަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރަފައިވަނީ ބ.އަތޮޅުން އައްޑޫ ސިޓީއާއި ދޭތެރޭގެ ރަށްތަކަށެވެ. މިރަށްތަކަށް މިއަދު މެންދުރު 2 އިން ފެށިގެން ރޭގަނޑު 8 އާއި ހަމައަށް ވަނީ އެލާޓް ނެރެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިވަގުތު ތަކުގައި ބޯކޮށް ވާރޭވިހި، މިސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވާނެތީ އެމްއެންޑީއެފްއިންވެސް ވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތަތްކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވާފައެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދެވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް އެންގުމާއި ލައިފްޖެކެޓާއި މުވާޞަލާތީ ނިޒާމުތަކާއި ދިޔަ ހިއްކާ ވަޞީލަތްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކުން އުޅަނދުތައް ބެލެހެއްޓުމަށްވެސް އިލްތިމާސްކުރެއްވިއެވެ. ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ޙާދިސާއެއް ހިނގައިފިނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރ 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފްއިން އެދިލައްވައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.