ގދ. އަތޮޅު މަދަރުސާގައި ދަރިވަރަކު ޓީޗަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ގދ. އަތޮޅު މަދަރުސާގައި ދަރިވަރަކު ޓީޗަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

Author
ޙަސަން މުޙައްމަދު
12 އޭޕްރިލް 2026 11:07
0

ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކަށް އެ ސްކޫލުގެ ދަރިވަރަކު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި ޖިސްމާނީ އަނިޔާ ލިބިފައިވަނީ އެ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާއަށް ނިސްބަތްވާ އަންހެން ޓީޗަރަކަށެވެ. ދަރިވަރަކު ޓީޗަރަށް ހަމަލާދިން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:46 ހާއިރުއެވެ.

މި ހަމަލާގެ ސަބަބުން އަނިޔާވި ޓީޗަރަށް ފުރަތަމަ ފަރުވާ ދީފައިވަނީ ރަށުގެ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، އިތުރު ފަރުވާއަށް މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ފުލުހުން ވިދާޅުވީ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.