މުދަލަށް ގެއްލުން ދިން މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއާއިއެކު އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާން ކޮށްފައިވަނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.
މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ވަނީ ދަންނަވާފައެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 472303 އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ