އަލިފާން ރޯވި ގއ. އަތޮޅު ސްކޫލަށް މުދާ ގެންދިޔައީ އަޑިޔަށް ދިޔަ "އުދަރެސް" ބޯޓުގައި

އަލިފާން ރޯވި ގއ. އަތޮޅު ސްކޫލަށް މުދާ ގެންދިޔައީ އަޑިޔަށް ދިޔަ "އުދަރެސް" ބޯޓުގައި

Author
އަހުމަދު
09 އޭޕްރިލް 2026 03:53
0

އަލިފާނުގެ ހާދިސާ ހިނގި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ސްކޫލަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ ހިފައިގެން ދަތުރުކުރި "އުދަރެސް" ބޯޓު އަޑިއަށް ހިނގައްޖެއެވެ.

މި އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގެ ރޭ އެ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސްކޫލުގެ ކިޔެވުން އަލުން ފެށުމަށް ބޭނުންވާ މުހިންމު ގިނަ ސާމާނުތަކެއް ހުރީ އަޑިއަށް ދިޔަ ބޯޓުގައެވެ. އޭގެ ތެރޭގައި ސްކޫލަށް ބޭނުންވާ ޕްރިންޓަރުތަކާއި، އޭސީތަކުގެ އިތުރުން މުދައްރިސުންނާއި ދަރިވަރުންނަށް ބޭނުންވާ ލޮކަރު ފަދަ އަގުބޮޑު އެތައް މުދަލެއް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިއްބެވެ. މީގެ ތެރެއިން އެއް ބިދޭސީއަކު ފަތާފައި ގޮސް ލ. އޮޅުވެއްޔަށް އަރާފައިވާއިރު، އިތުރު 11 މީހަކު ވަނީ ކައިރި ރިސޯޓެއްގެ ދޯންޏަކުން ސަލާމަތްކޮށްފައެވެ. ދޯންޏަށް ނެގި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. މީގެ އިތުރުން، ކަނޑުމަތިން ސަލާމަތްކުރި 81 އަހަރުގެ މީހަކަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ހާދިސާއާ ގުޅިގެން ސަލާމަތްވި އެންމެންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.

މި ބޮޑު ހާދިސާއާ ގުޅިގެން ކަމާގުޅުންހުރި ރަސްމީ އިދާރާތަކުގެ ބަހެއް އަދި މިހާތަނަށް ލިބޭގޮތް ވަނީ ނުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.