ކޯވިޑް-19ގެ އައު ވޭރިއަންޓް ސްރީލަންކާއިންވެސް ފެނިއްޖެ

ކޯވިޑް-19ގެ އައު ވޭރިއަންޓް ސްރީލަންކާއިންވެސް ފެނިއްޖެ

Author
މުޙައްމަދު ޖިމީ
13 ޖެނުއަރީ 2021 11:48
0

އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ސްރީލަންކާއިންވެސް ފެނިއްޖެއެވެ.

ސްރީލންކާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާލުވެފައިވާގޮތުގައި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވަނީ އިނގިރޭސިވިލާތުން އެޤައުމަށް އެތެރެވެ ކަރަންޓިންގައި ހުރި މީހެއްގެ ފަރާތުންނެވެ. މިކަމާއި ގުޅިގެން ލަންކާގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ވިސްނުން ހުރިކަމަށްވެސް އެޤައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ވަނީ ޔޫކޭގެ ދަތުރުވެރިންނާއި ފްލައިޓްތައް މަނާކޮށްފަ އެވެ. ސިއްހީ އޮފިޝަލުން ބުނަނީ އާ ވޭރިއަންޓަކީ ފަސޭހައިން ފެތުރުމުގެ 70 ޕަސެންޓް ޗާންސް ބޮޑު އެއްޗެއްކަމަށެވެ. އެކަމަކު އެއީ އެހާ ނުރައްކާ ވައިރަހެއް ނޫން ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ސްރީލަންކާގައިވަނީ 49 ހާހަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި އެކްސޓިވް ކޭސްތަކުގެ ޢަދަދު 6،672އަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Y Yahuya
Mi kan control kurumah Rahjje in elhee kon fiyavalheh baa.