ގދ.ދެއްވަދޫން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އެރަށުން ބައްޔަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު 33 އަށް އަރައިފިއެވެ.
ދެއްވަދޫ ކައުންސިލުން ބުނީ ރޭ މެންދަމު 12:00 ޖެހުމާއި ހަމައަށް 17 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އަންގާފައިވާކަމަށާއި، އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކާއި، ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންގެ ސާމްޕަލްކަމަށެވެ.
ދެއްވަދޫއިން ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު އެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެރަށު ކައުންސިލުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ ހައިރިސްކް މީހުންވެސް ހިމެނޭކަމަށާއި، އޭގެތެރޭގައި ޢުމުރުން 70 އަހަރުގެ މީހެއްވެސް ހިމެނިފައިވާކަމަށެވެ. އޭނާއަށް އަންނަނީ އެއަތޮޅު ވިލިނގިލީގެ ކޯވީޑް ފެސިލިޓިގައި ފަރުވާދެމުންނެވެ. އަދި ޕޮޒިޓިވްވެފައިވާ މީހުންގެ އެވްރެޖު ޢުމުރު އުޅެނީ 18 އަހަރާއި50 އަހަރާއި ދެމެދުކަމަށްވެސް ކައުންސިލުން ބުނެއެވެ.
ދެއްވަދޫގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށްވަނީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގއ.ދެއްވަދޫން 30 ނޮވެމްބަރ 2020ގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.
ގއ.ދެއްވަދޫގައި ކޯވިޑް19 ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ފެނުނު މީހާގެ ކިބައިން ނޫކަމަށާއި، ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އެޗްއީއޯސީން ބުނެފައިވަނީ ބަލި ފެތުރިފައިވަނީ ދުވަސްކޮޅެއް ވަންދެން ރަށުގެ ތެރޭގައި ބަލި އުޅުމަށްފަހުގައިކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވއަދި ބަލި ރަށު ތެރޭގައި ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކިބައިން ނޫންކަން އެނގޭކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ