އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލް ވާދަކުރައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލް ވާދަކުރައްވަނީ

Author
ހުސައިން
08 އޭޕްރިލް 2026 04:47
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ނިންމަވައިފިއެވެ.

މިކަން އިއުލާނުކުރައްވަމުން މީކާއީލް ވިދާޅުވީ، ޕާޓީގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. އެކަން ހާސިލުކުރެވޭނީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯދައި، ޕާޓީގެ އެތެރޭގެ ގުޅުންތައް ވަރުގަދަކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވަކިވަކި ލީޑަރުންގެ އަމިއްލަ މަސްލަހަތަށްވުރެ އާންމު މެންބަރުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭނެ ލީޑަޝިޕެއް ޕާޓީއަށް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އަބަދުވެސް އެއް ބަޔަކު އެއް ގޮތަކަށް ޕާޓީ ހިންގުމުގެ ބަދަލުގައި، ޕާޓީގެ އިސް ސަފުން އައު ޒުވާން ޖީލަކަށް ޖާގަ ދިނުމަކީ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް މީކާއީލް ގަބޫލުކުރައްވައެވެ. މީކާއީލް މި މަގާމަށް ވާދަކުރައްވަން ނިންމެވިއިރު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ. ނަމަވެސް، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕާޓީގެ ގައުމީ މަޖިލީހަށް ވެއްދުމުގެ މަސައްކަތްތަކެއް މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.