ވިލިމާލެ ފަޅުތެރެއަށް ފީނަން ދިޔަ ނޭޕާލްގެ ޒުވާނަކު ނިޔާވެއްޖެ

ވިލިމާލެ ފަޅުތެރެއަށް ފީނަން ދިޔަ ނޭޕާލްގެ ޒުވާނަކު ނިޔާވެއްޖެ

Author
ހުސައިން
08 އޭޕްރިލް 2026 01:12
0

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ނޭޕާލްގެ ޒުވާނަކު، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، އުމުރުން 22 އަހަރުގެ މި ފިރިހެން މީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ. މިކަމުގެ މަޢުލޫމާތު ލިބުމާއެކު، މެރިން ޕޮލިހާއި ވިލިމާލެ ޕޮލިސް ގުޅިގެން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން އޭނާ ފެނިފައިވަނީ އޭގެ 25 މިނެޓު ފަހުން، ހެނދުނު 06:55 ހާއިރު މޫދު އަޑީގައި އޮއްވައެވެ.

މޫދުން ނަގައިގެން އެ ޒުވާނާ ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުނު ކަމަށާއި، ނަމަވެސް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅޭ އިތުރު ތަހުގީގުތައް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.