އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ހޫނުވެ، ޕާޓީގެ ލީގަލް ޑިރެކްޓަރު މަޤާމުން ވަކިކޮށްފި

އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ހޫނުވެ، ޕާޓީގެ ލީގަލް ޑިރެކްޓަރު މަޤާމުން ވަކިކޮށްފި

Author
ހުސައިން
07 އޭޕްރިލް 2026 06:29
0

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާކަމުގެ ތުހުމަތުގައި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު މަޢުރޫފް މިއަދު އެ މަޤާމުން ދުރުކޮށްފިއެވެ.

ޕާޓީގެ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ސޮއިކުރައްވައި ފޮނުއްވި ލިޔުމަކުން މަޢުރޫފް ވަގުތުން މަޤާމުން ވަކިކޮށްފައިވާއިރު، މި ފިޔަވަޅު އަޅާފައިމިވަނީ އެމްޑީޕީއަށް ފަހަކަށް އައިސް ލިބުނު ކާމިޔާބީތަކުގެ ކްރެޑިޓް ނެގުމާ ގުޅޭގޮތުން ޕާޓީގެ އިސްވެރިންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ފެކްޝަންތަކުގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑަށް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެތެރޭގެ މި ކޯޅުންތަކުގެ އަސަރު ރޭ އެމްޑީޕީން ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާއިންވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން، އެ ޖަލްސާގައި ވާހަކަފުޅުދެއްކެވުމުގެ ފުރުޞަތު ނުދިނުމުން، ހިތްހަމަނުޖެހުން ފާޅުކުރައްވައި ރައީސް ނަޝީދާއި ފައްޔާޒް ވަނީ އެ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އިންކާރުކުރައްވާފައެވެ. އިސް ލީޑަރުންގެ ބައިވެރިވުން ނެތުމުގެ ސަބަބުން އެއްވެސް ފޯރިއެއް ނެތި ކުރިއަށްދިޔަ މި އެއްވުން އެންމެ ގަޑިއިރެއްހާއިރު ތެރޭގައި ނިންމާލާފައިވާއިރު، ޖަލްސާގެ ތެރެއިން ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު އެތަނުގައި ނެތުމުން އެކަމާ ސުވާލުކޮށް އަޑުގަދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.