ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުތަކެއް: ފެނަކައިގެ ސީއެފްއޯ ޖިހާދު މަގާމުން ވަކިކޮށްފި

ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުތަކެއް: ފެނަކައިގެ ސީއެފްއޯ ޖިހާދު މަގާމުން ވަކިކޮށްފި

Author
ހުސައިން
07 އޭޕްރިލް 2026 03:07
0

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި މުހައްމަދު ޖިހާދު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖިހާދު އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ފެނަކައިގެ ސީއެފްއޯގެ މަގާމުން އޭނާ ވަކިކޮށްފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވެސް އިއްޔެގެ ވަގުތެއްގައި ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ބަދަލުތައް އައިސްފައިމިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާ ގުޅިގެން ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކުގެ އިސް ވެރިން މަގާމުން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން، އެގްރޯނެޓްގެ އެމްޑީ ހުސައިން ދީދީ އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީ އިބްރާހިމް ޝާހިދު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ހަމައެއާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް އެމްޕީއެލްގެ އެމްޑީ މުހައްމަދު ރިޝްވާން ވެސް މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.