ރަކީދޫ ބަނދަރު މަސައްކަތް ނިމުމަކާއި ގާތަށް

ރަކީދޫ ބަނދަރު މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 10:27
0

ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި މިހާރުވަނީ ނިމިފައެވެ. އެގޮތުން މަސައްކަތުގެ %73 މިހާރުވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށާއި ޕޭވްމަންޓް ހެދުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މިމަހުގެ 4 ވަނަ ދުވަހު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ރަކީދޫ ބަނދަރު ހެދުމަށް ކުރިއަށް ގެންދާ މަޝްރޫޢުގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް މިމަޝްރޫޢުގައި ހިމެނެއެވެ. އަދި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 429 ސްކޮއަރ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާ ޚަރަދު ވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1 އޮކްޓޯބަރ 2019 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.