އެމެރިކާއާއި އިސްރާއީލުގެ ހަމަލާއެއްގައި އީރާނުގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލައިފި

އެމެރިކާއާއި އިސްރާއީލުގެ ހަމަލާއެއްގައި އީރާނުގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލައިފި

Author
ޙަސަން މުޙައްމަދު
05 އޭޕްރިލް 2026 09:22
0

އެމެރިކާއާއި އިސްރާއީލު ގުޅިގެން ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލައިފިއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އަވަހާރަކޮށްލާފައިވަނީ ޝާހިން ޝަހްރުގައި ހުންނަ އެއާ ޑިފެންސް ކޮލެޖުގެ އިސްވެރިޔާ، ބްރިގޭޑިއާ ޖެނެރަލް މަސްއޫދު ޒަރޭއެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނުގެ އަސްކަރީ އިސް އޮފިޝަލަކަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ. މީގެ ކުރިންވެސް މިފަދަ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި އޮޕަރޭޝަނުގައި މިހާތަނަށް 1،340 އަށްވުރެ ގިނަ މީހުން މަރުވެ، އެ ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އީރާނުގެ އިސްވެރިންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލާއި، އުރުދުންއާއި، އިރާގުގެ އިތުރުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯންއާއި މިސައިލްގެ ހަމަލާތައް ދެމުންނެވެ. އަދި ހަމައެހެންމެ، މުހިންމު ވިޔަފާރި މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުންވެސް އީރާނުން މިހާރު ވަނީ މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.