މާލޭގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްޤީކުރި ކަނބާ އައިސާ ރަނިހިނގުމުގައި ދެން ފެންބޮޑު ނުވާނެކަމަށް ބުނެފައިވަނިކޮށް އެމަގުގައި ފެންބޮޑުވެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
ކަނބާ އައިސާ ރަނިހިނގުން އަލުން މަރާމާތުކޮށް ތަރައްޤީކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ. ވިއްސާރަ ދުވަސްވަރު މި މަގުގައި ފެންބޮޑުވުމާއި އަޑިގުޑަން ހުރުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިން ދިމާވި ނަމަވެސް މި ޕްރޮޖެކްޓާއެކު މި ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މިއާއެކު އިއްޔެ މާލެއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މިސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި، ސަރުކާރަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ވަނީ އެމަގުގައި ބޯކޮށް ވާރޭ ވެހިގެންވެސް ދެން ފެންބޮޑު ނުވާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި އެވާހަކަ ހިއްސާކޮށްފައެވެ.
މުއިއްޒު ނުވާނެ ގޮތަށް މާލޭ މަގުތައް ހެދުމަށް ރައީސް @ibusolih ގެ ސަރުކާރުން ހިންގަމުންގެންދާ މާލޭ ސްޓްރީޓް ސްކޭޕިން ކާމިޔާބު މަޝްރޫއު
“މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވިޔަސް، އެ މަގު މިއަދު އޮތީ ރީތިކޮށެވެ” https://t.co/CdD4GRIIkr pic.twitter.com/mq9tKjFGPQ
— Luke (@Lucasjalyl) January 12, 2021
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެފައިވަނީ މާލެއަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް ކަނބާ އައިސާ ރަނިހިނގުމުގައި ފެންބޮޑު ނުވާކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Recently developed under the #Streetscaping project- Part of Kanba Aisa Rani Hingun.
despite heavy rain no flooding is observed. It’s a huge relief. pic.twitter.com/HpGCe94mXv— Shamau Shareef (@schamau) January 12, 2021
ޝަމާއު މިހެން ވިދާޅުވި ނަމަވެސް އިއްޔެ މާލެއަށް ބޯކޮށް ވާރޭ ވެހުނު ގަޑީގައި ނަގާފައިވާ ފޮޓޯއާއެކު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުން ބުނެފައިވަނީ، އިއްޔެވެސް އެމަގުގައި ފެންބޮޑުވެފައިވާކަމަށެވެ. މި ސަރުކާރުން ދެ އަހަރު ދުވަހުގެ ތެރޭގައި ކަނބާ އައިސާ ރަނިހިނގުމުގެ ބައެއް ތަރައްޤީކޮށްފައިވާއިރު އެމަގުގެ ބޮޑު ބައެއް އަދިވެސް ތަރައްޤީކޮށްފައި ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ވެސް ވަނީ ކަނބާއައިޝާ ރަނި ހިނގުމުގައި ފެންބޮޑުވުމާއި ގުޅިގެން ފާޑުވިދާޅުވެފައެވެ.
ބޯކޮށް ވާރޭވެހުނަސް ފެންބޮޑު ނުވާނެކަމަށް ވިދާޅުވި ކަނބާ އައިސާ ރަނިހިގުމުގެ ހާލަތު! މިއީ ނީލަ ކޯރުތޯ؟އެމްޑީޕީއަށް މިކަމެއް ނުވާނެ. ތިއީ އަމީނީ މަގުގެ ޕަމްޕުތައް ނުހެދުނު ޓީމެއްނުން. ދެ އަހަރުން މަގެއް، ދިޔައީ ފެނަށް
– ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު
2 Aharun Mageh!!Dhiyaee “Fenah”!!#VotePPM?
— Ibrahim Shujau ? (@shuja3831) January 13, 2021
ކަނބާ އައިސާރަނި ހިނގުމުގެ ބައެއް ތަރައްޤީކޮށް ސަރުކާރުން ވަނީ އެމަޝްރޫޢުގެ ނިމުން ފާހަގަކޮށްފައެވެ. މާލޭ ރޯޑްސްކޭޕިންގްގެ ދަށުން ތަރައްޤީކުރި ކަނބާއައިސާ ރަނިހިނގުން ޚާއްޞަ ހިނގާލުމަކުން ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ