ރިސޯޓު މުވައްޒިފުން އުޅެމުންދަނީ ޖަލުގައިތިބި ގައިދީންނަށްވުރެ ހާލުގައި: ޓީމް

ރިސޯޓު މުވައްޒިފުން އުޅެމުންދަނީ ޖަލުގައިތިބި ގައިދީންނަށްވުރެ ހާލުގައި: ޓީމް

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 06:32
0

ކޯވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒިފުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި، އިންސާނީ ގިނަ ހައްގެއް ނިގުޅައި ގަންނަމުންދާނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ޖަމްއިއްޔާއިން މުވައްޒިފުންގެ ކަންބޮޑުވުތައް ސަރުކާރަށް އޮއްސާލައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކަށް ބައެއް ރިސޯޓްތަކުން ފުރިހަމައަށް އަމަލުކޮށް ތަންފީޒް ކުރަމުން ނުދިއުން، އަދި އެކަށީގެންވާ މިންވަރަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަދި ފަތުރުވެރިންނަށް ކޯވިޑް19 ޖެހޭ މިންވަރު އިތުރުވަމުންދާ ދިއުމުގެ ކަންބޮޑުވުމާއި މުވައްޒަފުންގެ ސިއްޙަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވުމުގެ ކަންބޮޑުވުން ހިއްސާ ކުރަމުންދާކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭއާއި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރ ބަންދު ކުރުމާއި، ފަތުރުވެރިން އައުން ވަގުތީގޮތުން ހުއްޓާލުމާއި ގުޅިގެން، ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުޑަކުރި މުސާރަ މިހާތަނަށްވެސް ގިނަ ރިސޯތް ތަކަކުން (ގާތްގަނޑަކަށް %30) ރިސޯޓުން އަނބުރާ އިޔާދަކޮށްދިނުމަކާއި ނުލައި 8 ގަޑިއިރު ނުވަތަ އެއަށްވުރެއް އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވަމުންދާ ދިއުމުގެ ކަންބޮޑުވުން ހިއްސާ ކުރަން.

– ޓީމްގެ ބަޔާނުގައި ވެއެވެ.

ޓޫރިސްޓް ރިސޯޓްތަށް އޮޕަރޭޓް ކުރަމުންދަނީ އެކަށީގެންވާ މިންވަރަށްވުރެ މަދު މުވައްޒަފުން ލައިގެން ގިނަ ވަގުތު މަސައްކަތްކުރުވައިގެން ކަމުން، މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މަސައްކަތުގެ ބުރަ މާބޮޑަށް ބޮޑުވުމާއި، އެކަށީގެންވާވަރަށް ހުސްވަގުތު ނުދިނުމާއި، އިތުރުގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުން ދާކަމުގެ ކަންބޮޑުވުން ވެސް ވަނީ ކަމާއިބެހޭ ފަރާތްތަކަށް ހިއްސާ ކޮށްފައެވެ. އަދި ރިސޯޓް ތަކުގައާއި އެއާޕޯޓްތަކާއި ޓޫރިސްޓުން އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ކޯވިޑް-19 ގެ މިހާލަތުގައި އެންމެ ކުރީސަފުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއްކަމުން، އިނާޔަތްތަކާއި ރައްކާތެރިކަން އިސްކުރުމުގައި އެފަރާތްތަށް ހިމެނޭގޮތަށް ސިޔާސަތުތަށް ކަނޑައެޅުމަށް ވަނީ ގޮވާލަމެވެ.

ރިސޯޓް ތަކުގައި އެތައް މަސްތަކެއް ވަންދެން އާއިލާއާއި އަނބިދަރިންނާއި ދުރުގައި ގައުމަށްޓަކައި އިޤްތިސާދަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާއި ދަރީންނާއި ބައްދަލުވުމަށް، އެޗްޕީއޭ އަދި ސަރުކާރާއި މަދު ވިޔަފާރިވެރިން ގުޅިގެން އަޅާފައިވާ ހުރަސްތަކުގެ ކަންބޮޑުވުންވެސް އެހާމެ ބޮޑު. ޖަލުތަކުގައި ބަންދު ކުރެވިފައިވާ ކުއްވެރީންނަށްވެސް މަހަކު އެއްފަހަރު އާއިލީ ބައްދަލުވުމާއި، އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭއިރު، މިފަދަ ހައްޤުތަކުން ރިސޯޓް މުވައްޒަފުން މަހުރޫކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ގެނައުމަށް ގޮވާލަމެވެ.

– ޓީމްގެ ބަޔާނުގައި ވެއެވެ.

ޓީމުން ބުނެފައިވަނީ ރިސޯޓު މުވައްޒިފުންނަށް ލުއި ދިނުމަށްޓަކައި ރިސޯޓް މުވައްޒަފުން ނެގެޓިވް ނަތީޖާއަކާއި އެކު ކަރަންޓީން ވާންޖެހޭ މުއްދަތު ކުޑަކުރެވިދާނެކަމަށެވެ. ނުވަތަ ނެގެޓިވް ނަތީޖާއަކާއި އެކު ކަނޑައެޅޭ އުސޫލަކާއި އެއްގޮތަށް ރަށްރަށަށް ދިއުމުގެ ހުއްދައެއް ދެވިދާނެކަމުގައެވެ. ނުވަތަ ރިސޯޓްގައި އާއިލާއާއި އެކު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދުވަސްކޮޅެއް ހޭދަކުރެވިދާނެ އުސޫލެއްވެސް ކަނޑައެޅިދާނެކަމަށެވެ. މިނޫނަސް ރައްކާތެރި ގޮތަކަށް މިހާރަށް ވުރެ ފަސޭހައިން އާއިލާއާއި އަނބި ދަރީންނާއި ބައްދަލު ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރާއި ކަމާބެހޭ އެންމެހައި ހިދާރާތަކަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކހ
ރިސޯޓް މުވައްޒަފުން އުޅޭހާލު ދުރުގަތިބޭ ބަޔަކައް އިހުސާސް ނުވާނެ 15 ގަޑިއަރު މަސަތްކަތުގަ އުޅެން އެބަޖެހޭ ، ސަރުކާރުގަ އުޅޭ މީހުން 8 ގަޑިއިރު ހަމަކޮއްފަ ޑިއުޓީ ނިމުނަސް
N Nubunaanan
Jalah dhany rf hoadhan baa noony reethikoh ehvx kameh nukoh thihba that jalah lany
M Mohamed
Kihaa varakah mauloomaathu hoadhaagen nerun bayaaneh baa thy jaluga thibi meehun thibi 8 mas dhuvah vureh Gina dhuvas family bandhalun vun nulibi court ah nugengos
C Chopx
Aharumen mi jehenee libey kuda off kolhu ga ves quarantine vaan.. me bala eh nuganevey.. aharumenge ves haggi thakeh vey.. aharumen ves beynun aailaa kairi ah dhaan.. jalegga othas miathure ragalhuvaane hen heevanee.. mi noon gotheh aharumen beynun..
I Ibbe
Efaraathunwes shuooru faalhukuranvee. Mee teamge shuooru
H Hussain
Resort thakugai mivaguthu masakkai kuramunndhaa muazzafunnakee varah naseebuveri baeh. Kobaithoa kovid aa gulhigenn vazeefaa gellunu faraaithah. Anbin kaireega nidhumakunn hurhaa kameh nimineekee nooney efaraai thakuge anbidharinn ethibee haadha haalugaey. Effaharuvess ekamaa vissnaalinnthoa. Vazeefaa gelli 8 nuvatha 9 mass dhuvahu anbidharinn govaigenn ulheyne haalu vazann kureveythoa. Miadhu vazeefaaga ethiba beyfulhunn e niumathah shukurukoh allah ah hammdhu kurann vee. E dhevvi niumathah.
H Hussain
Meege naajais faidhaa nagaanee sarukaarun