ސުކޫކް ދަރަނި ދެއްކުމަކީ ހިތްވަރު ލިބޭ ކަމެއް: ނަޝީދު

ސުކޫކް ދަރަނި ދެއްކުމަކީ ހިތްވަރު ލިބޭ ކަމެއް: ނަޝީދު

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2026 11:40
0

ދިވެހި ސަރުކާރުން އިތުރު ދަރަންޏެއް ނުނަގައި 525 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑު ދައްކައި ޚަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތަށް ދައްކަންޖެހޭ ބޮޑު ދަރަންޏެއް، އައު ދަރަންޏެއް ނުނަގައި ދެއްކުމަކީ އިޤްތިޞާދީ ގޮތުން ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.

ސަރުކާރުން ވަނީ 2021 ވަނަ އަހަރު ކުރީގެ ސަރުކާރުން ދޫކުރި ސުކޫކަށް ދައްކަންޖެހޭ ފައިސާ ޖުމްލަ 524.68 މިލިއަން ޑޮލަރު، ދިވެހި ފައިސާއިން ނަމަ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ، ދައްކައި ޚަލާސްކޮށްފައެވެ. މިއީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނޭ ގޮތަށެވެ.

މި ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވެވެ. މާލީ ވުޒާރާއިން ބުނާ ގޮތުގައި، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މާލީ އިތުބާރު ދެމެހެއްޓުމަށް މިއީ އެޅުނު ނުހަނު މުހިންމު ފިޔަވަޅެކެވެ.

ދަރަނި ދެއްކުމާ ގުޅިގެން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ ވަރުގަދަވެ އިޤްތިޞާދީ ހަމަޖެހުން ގާއިމުވެގެންދާނެ ކަމަށްވެސް މާލީ ވުޒާރާއިން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.