ރައްޔިތުންގެ ފްލެޓު ނިގުޅައިގަތުމުގެ ހައްގެއް މިސަރުކާރަކަށް ނޯންނާނެ: ޑރ.މުއިއްޒު

ރައްޔިތުންގެ ފްލެޓު ނިގުޅައިގަތުމުގެ ހައްގެއް މިސަރުކާރަކަށް ނޯންނާނެ: ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 10:17
0

މާލޭ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ބޯހިޔާވަހިކަން ނުލިބި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ކަމަށާއި، އެރައްޔިތުންގެ ބޯހިޔާވަހިކަން ނިގުޅައިގަނެ ފްލެޓުތައް ނުދީ ހިފެހެއްޓުމުގެ ހައްގެއް މިސަރުކާރަކަށް ނޯންނާކެ ކަމުގައި ކުރީގެ ހައިސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލަށް އިދިކޮޅު ކޯލިޝަނުން ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދާއިރު، މާލޭގެ ރައްޔިތުންގެ ހައްގުގައި ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި، ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދެވިފައިވާތަނެއް ނުފެންނަކަމަށެވެ. އެމްޑީޕީން ވެރިކަމަށް އައުމަށް މާލޭ ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދު ކަމަށާއި، ނަމަވެސް ވެރިކަމަށް އައުމަށްފަހު ރައީސް ޔާމީން މާލޭގެ ރައްޔިތުންނަށްޓަކައި އަޅައި ނިންމައި ހަވާލު ކުރުމަށް ތައްޔާރު ކޮށްފައިވާ ފްލެޓުތައްވެސް މިސަރުކާރުން ރައްޔިތުންގެ އަތުން ނިގުޅައިގަނެފައިވާކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މިސަރުކާރަށް އަޅުގަނޑު މިހާރުން މިހާރަށް މިގޮވާލަނީ ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމަށް. އެއްވެސް ހައްގެއް ނޯންނާނެ އެހާ ނިކަމެތިކޮށް އުޅެމުންދާ މީހުންގެ ހައްގުތައް ނިގުޅައިގަތުމުގެ ހައްގެއް. އަޅުގަނޑު މިހިރީ މާލޭ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް. އަޅުގަނޑެއް ވަކި ޕާޓީއަކަށް އަކި ފިކުރަކަށް ނުބަލައި އިޚުލާސްތެރި ކަމާއިއެކު މަަސައްކަތް ކުރާނަން.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު ވިދާޅުވީ މިހާތަނަށްވެސް އެމަނިކުފާނަކީ ކަމެއް ހަވާލު ކޮށްފިނަމަ ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކޮށްދީފައިވާ މީހެއްކަން ރައްޔިތުން ހެކިވާނެ ކަމަށެވެ. އަދި މިފަަރު މާލޭގެ މޭޔަރުގެ މަޤާމަށް ކުރިމަތި ލައްވައިގެން އުޅެނީވެސް އެ އަޒުމުގައި ކަމަށާއި، ރައްޔިތުން ހަވާލު ކުރާ މަސްއޫލިއްޔަތެއް އަދާ ކުރުމުގައި އެންމެ ފަހުގުތާއި ހަމައަށްވެސް މަަސައްކަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ފްލެޓްތައް ހަވާލު ކުރުން ކަަމަށާއި، މިސަރުކާރުން އޭގެ ހައްގު ވެރިންނަށް ނުދީ އިތުރު ނިކަމެތިކަން ދެމުންދަނީ ރައްޔިތުންނާއިމެދު ސަރުކާރުގެ އޯގާތެރި ކަމެއް ނެތުމުންކަމަށް މުއިއްޒު ވިދާޅުވިއެވެ. އާލާސްކަން ފުޅާއި މަހަކަށްވުރެ ގިނަ ދުވަހު އުޅުއްވުމަށްފަހު މިރޭ ރައްޔިތުންނާއި މުޚާތަބްކޮށް މުއިއްޒު ވާހަކަ ދެއްކެވިއިރު، ވަރަށް ޖޯޝާއި ފޯރީގައި ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް އިންތިޚާބު ކޮށްފިނަމަ އެންމެ ފުރަތަމަ މަސައްކަތަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަނަކަން ކުރުންކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Afiren
Fuleteh alhuneeah noon bayaku alhaafa libaymeehun hovaafa diyaamaves ayah aikoppaafi.
އ އިބްރާހީމް ހުޅުމާލޭ
ސާބަހޭ މުއީޒް ތިއީ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ އޯގާތެރި އެވެ އަދި ރަތް ޔަތުން ދެކެ ވަރަށް ލޯބިވާ ހިއްވަރު ގަދަ ދަރިއެކެވެ