މަތީ ތައުލީމަށް ކިޔަވަން ދޫކުރާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ތައުލީމަށް ކިޔަވަން ދޫކުރާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
01 އޭޕްރިލް 2026 03:43
0

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދޫކުރާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މި ފުރުސަތު ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. މިއާ އެކު، ލޯނު ދޫކުރުމުގެ އާ އުސޫލު ވެސް ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމުކޮށްފަ އެވެ. މިފަހަރު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިން އޮންނަ ގޮތަށް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމުގެ ބަދަލުގައި، އަހަރުގެ ކޮންމެ އިރަކު ވެސް ވަކި މުއްދަތެއް ނެތި 'ކުރި ޕޯޓަލް' މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅޭ ގޮތަށް ހަމަޖެއްސުމެވެ.

އާ އުސޫލުގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާ އެވެ. އެއީ ޓޮޕްއަޕް ލޯނާ ނުލައި އެންމެ ގިނައިން ދޫކުރާ 2.5 މިލިއަން ރުފިޔާގެ އިތުރުން، ޓޮޕްއަޕްގެ ގޮތުގައި ދޫކުރާ 700،000 ރުފިޔާއާ އެކުގަ އެވެ. ނަމަވެސް އެންމެ މަތީ އަދަދަށް ލޯނު ދޫކުރާނީ، ޝަރުތު ހަމަވާ އިތުރު ގެރެންޓާއެއް ހުށަހެޅުމުން ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ދަރިވަރުންގެ މަތީ ތައުލީމަށް ސަރުކާރުން އަންނަނީ ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުން ފެށިގެން 2025 އާ ހަމައަށް ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް 471 މިލިއަން ރުފިޔާ އަދި ލޯނު ސްކީމުތަކަށް 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މީގެ ތެރެއިން ހަމައެކަނި މިދިޔަ އަހަރު ވެސް ސްކޯލާޝިޕްތަކަށް 222 މިލިއަން ރުފިޔާ އަދި ލޯނުތަކަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.