ވ. ފެލިދޫ ކައިރިން ބަންޑުންޖަހާލި ލޯންޗު ހާދިސާއާ ގުޅުންހުރި ކަމަށް ބެލެވޭ އިންސާނެއްގެ ގުނަވަނެއް ފެނިއްޖެ

ވ. ފެލިދޫ ކައިރިން ބަންޑުންޖަހާލި ލޯންޗު ހާދިސާއާ ގުޅުންހުރި ކަމަށް ބެލެވޭ އިންސާނެއްގެ ގުނަވަނެއް ފެނިއްޖެ

Author
ޙަސަން މުޙައްމަދު
31 މާރޗް 2026 05:08
0

ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް ބަންޑުންޖަހާލި ލޯންޗުން ގެއްލުނު މީހުން ހޯދަމުން ދަނިކޮށް، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މިކަން ރިޕޯޓުކޮށްފައިވަނީ ވ. ފުލިދޫ ޝާކް ޕޮއިންޓަށް ޑައިވިނަށް ފީނަން އުޅުނު ބައެކެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަނޑުއަޑިން ފެނިފައިވަނީ މީހެއްގެ އަތެކެވެ. ފުލުހުން މިހާރު ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ނުރައްކާތެރި ހާދިސާގައި ލޯންޗު ބަންޑުންޖަހާލިއިރު އޭގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި އިންޑިއާގެ ފަސް މީހެކެވެ. މީގެ ތެރެއިން އިންޑިއާގެ ދެ މީހަކު ގެއްލިފައިވާއިރު، އަނެއް ފަސް މީހުން ވަނީ ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފައެވެ.

މި ހާދިސާއަށް ދެ ހަފްތާ ވާން ގާތްވެފައިވާއިރު، ގެއްލުނު މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. ނަމަވެސް މިހާތަނަށް އެމީހުންގެ އެއްވެސް އިތުރު ނިޝާނެއް ފެނިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.