ރައީސް ޔާމީނަށް ނުފޫޒުން އެއްކިބާވެ އިންސާފުވެރި ހުކުމަކަށް އުންމީދު ކުރަން: ޣައްސާން

ރައީސް ޔާމީނަށް ނުފޫޒުން އެއްކިބާވެ އިންސާފުވެރި ހުކުމަކަށް އުންމީދު ކުރަން: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 09:22
0

ޝަރީއަތް ލަސްކޮށް، ފަސްކުރި ކަމުގައި ވީނަމަވެސް ރައީސް ޔާމީނަށް ނުފޫޒުން އެއްކިބާ އިންސާފުވެރި ހުކުމެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ނިންމައި މިހަފްތާގެ ބްރާސްފަތި ދުވަހު ކުރުމަށް އޮތް ހުކުމް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ފަސްކުރުމާއި ގުޅިގެން ޣައްސާން ވިދާޅުވީ ހައިކޯޓުން މައްސަލަ ލަސްވަމުންދާ ދިއުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. ނަމަވެސް ލަސްވެގެން ދިޔަ ކަމުގައި ވީނަމަވެސް، ކްރިމިނަކް ކޯޓުގައި މިމައްސަލަ ދިޔަ ގޮތަށް ނުގޮތް އިންސާފުވެރިކަމައި އަދުލުވެރި ކަމާއިއެކު ހުކުމެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ޣައްސާން ވިދާޅުވިއެވެ.

ހައި ކޯޓުން ކަފާލާތެއް ދެއްވަން ނުފެންނަ ކަމަށް ނިންމެވުމުގެ އެއް ރައުޔަކީ މައްސަލަ ލަސްނުވެ ނިންމޭނެކަން. ދިގު ދެމިގެން ދިޔަޔަސް، ކްރިމިނަލް ކޯޓުގެ ކޭސް ހެން މާދަން ކުރަން އޮތް ހުކުމް ލަސް ކުރެއްވިޔަސް، ނުފޫޒުން އެއްކިބާ އިންސާފުވެރި ހުކުމަކަށް އުންމީދު ކުރަން.

– ޣައްސާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު އެެވެ. މިކުމް ކުރުމަށް ފުރަތަމަ ތާވަލު ކޮށްފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް ހައިކޯޓުން ބުނެފައިވަނީ މިހާރު ހުކުމް ކުރުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ފަސްކޮށްފައިވާކަމަށެވެ.

އިސްތިއުނާފުގެ އެންމެ ފަހު އަޑު އެހުމުގައި ރައީސް ޔާމީންވަނީ ގއ. ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ވިދާޅުވެފައެވެ. އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީން އިންވެސްޓްކޮށްފައިވާކަމަށެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފުގެ ހުކުމް އަންނަ ހަފްތާގެ ބްރާސްފަތި ދުވަހަށް ތާވަލް ކޮށްފައިވާއިރު، ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ދޭއް ޖަހާއިރު ކްރިމިނަލް ކޯޓުގައި ވަނީ ޝެޑިއުލްކޮށްފައެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.