ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވޭ ގޮތަށް އުސޫލު އަލުން ބަދަލުކޮށްފި

ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވޭ ގޮތަށް އުސޫލު އަލުން ބަދަލުކޮށްފި

Author
ހުސައިން
31 މާރޗް 2026 11:03
0

މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ "ރައީސްގެ ސްކޮލަޝިޕް" ގެ ދަށުން ކިޔެވޭނީ ވަކި ދާއިރާތަކަކުން ކަމަށް ކަނޑައެޅުމަށްފަހު، އެ ކުދިން ބޭނުން ކޮންމެ ދާއިރާއަކުންވެސް ކިޔެވޭ ގޮތަށް އުސޫލު އަނެއްކާވެސް ބަދަލުކޮށްފިއެވެ.

މީގެ ކުރިން މި ހާއްސަ ސްކޮލަޝިޕްގެ ދަށުން ދަރިވަރުން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު އޮތް ނަމަވެސް، އިއްޔެ އާންމުކުރި އުސޫލުގައި އޮތީ އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކިޔެވޭނީ ގައުމަށް އެންމެ ބޭނުންވާ ކަމަށް 'ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓު' ގައި ކަނޑައަޅާފައިވާ 27 ދާއިރާއަކުން ކަމަށެވެ. މީގެ ތެރޭގައި ސިއްހީ، ތައުލީމީ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ. ނަމަވެސް، މި ބަދަލާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، މިއީ ދަރިވަރުންގެ ބުރަ މަސައްކަތުން ހޯދާ ނަތީޖާއަކަށް ވުމުން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ހައްގު އޮންނަންވާނެ ކަމަށް ބުނުމާ ގުޅިގެން، ރޭ ވަނީ އުސޫލު އަލުން އިސްލާހުކޮށް ކޮންމެ ދާއިރާއަކުން ވެސް ކިޔެވޭނެ ގޮތް ހަދާފައެވެ.

މި އުސޫލަށް ގެނެވުނު އިތުރު ބަދަލުތަކަށް ބަލާއިރު، ކުރިން ބޭނުން ކޮންމެ ގައުމަކުން ކިޔެވުމުގެ ފުރުސަތު އޮތް ނަމަވެސް، ދެން ސްކޮލަޝިޕްގައި ކިޔަވަން ދެވޭނީ ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ރައްކާތެރި ގައުމުތަކަށެވެ. މީގެ އިތުރުން ރާއްޖޭގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ސްކޮލަޝިޕް ލިބުމުގެ ޝަރުތަކީ ދިވެހި އަދި އިސްލާމް ހިމެނޭހެން ސާނަވީ އިމްތިހާނުގެ ފަސް މާއްދާއިން 'އޭ ސްޓާ' ހޯދުމާއެކު، އޯލެވެލް ނުވަތަ އެއަށްވުރެ މަތިން އިނގިރޭސި މާއްދާއިން 'ސީ' ފާހުން ފެށިގެން މަތީ ނަތީޖާއެއް ހޯދާފައިވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.