ކޯވިޑ-19ގެ ވެކްސިން މިމަހު ރާއްޖެ ގެނައުމަށް ދަނީ މަސައްކަތްކުރަމުން: ނަސީމް

ކޯވިޑ-19ގެ ވެކްސިން މިމަހު ރާއްޖެ ގެނައުމަށް ދަނީ މަސައްކަތްކުރަމުން: ނަސީމް

Author
މުޙައްމަދު ޖިމީ
12 ޖެނުއަރީ 2021 08:52
0

މިމަހުގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ވެކްސިން ގެނައުމަށް ގިނަ ކުންފުނިތަކަކާއި ވާހަކަ ދައްކަމުން އަންނަކަމަށާއި، ނަމަވެސް ރާއްޖެއަށް ފުރަތަމަ ލިބޭނީ ކޮން ކުންފުންޏެއްގެ ވެކްސިނެއްކަން އަދި ނޭނގޭކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ދިވެހި ސަރުކާރުން ކުރިން ބުނެފައިވަނީ ދުނިޔޭގައި ެކްސިން އީޖާދުވުމާއެކު، އެންމެ އަވަހަށް ވެކްސިން ލިބޭ ޤައުމަކަށް ރާއްޖެ ވާނެކަމަށެވެ. ނަމަވެސް މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުން ކޯވިޑް-19 ގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޯވިޑް ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ31 ވަނަ ދުވަހު ބުނެފައެވެ.

ކޯވިޑް-19 ގެ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރުން ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސުން ނެރެފައިވާ ޤަރާރުގައި ބުނެފައިވަނީ  ޤަރާރު ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވީހިނދު، އަދި އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.

މި ވެކްސިންއަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިންއަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމުގައިވީހިނދު، އަދި ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ މަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.