އިޒްރޭލުގެ މުހިންމު އަސްކަރީ މަރުކަޒުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުގެ މުހިންމު އަސްކަރީ މަރުކަޒުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

Author
ޙަސަން މުޙައްމަދު
29 މާރޗް 2026 09:42
0

ހޮނިހިރު ދުވަހުގެ ރޭ އީރާނުން އިޒްރޭލުގެ ރާޑަރު މަރުކަޒަކަށާއި އެއާޕޯޓަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިކަން އެ ގައުމުން ހާމަކޮށްފިއެވެ.

އީރާނުގެ ރަސްމީ ޓީވީތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފުޅާ އޮޕަރޭޝަނަކީ އީރާނުގެ އަސްކަރިއްޔާއާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ އިތުރުން އެ ގައުމާ ގުޅިފައިވާ ބައިވެރިން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިޒްރޭލާއި އެމެރިކާއާ ގުޅުންހުރި މަރުކަޒުތަކަށް ދިން މި ހަމަލާތަކުގައި ދުރު ރާސްތާއާއި މެދު ރާސްތާގެ މިސައިލްތަކުގެ އިތުރުން ގިނަ އަދަދެއްގެ ޑްރޯން ވަނީ ބޭނުންކޮށްފައެވެ.

މި ހަމަލާތަކުގައި އަމާޒުކުރެވުނު އެންމެ މުހިންމު އެއް ތަނަކީ ހައިފާގައި ހުންނަ އިޒްރޭލުގެ އަސްކަރީ އެއިރޯސްޕޭސް ކޮމްޕްލެކްސްގައި ހިމެނޭ 'އެލްޓާ' ކުންފުނީގެ އިލެކްޓްރޯނިކް ވޯފެއާ އަދި ރާޑަރު މަރުކަޒެވެ. އޭގެ އިތުރުން ޑޭވިޑް ބެން ގޫރިއަން އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ފެސިލިޓީއަށްވެސް ވަނީ ހަމަލާތައް އަމާޒުކޮށްފައެވެ. މީގެ އިތުރުން، މި އޮޕަރޭޝަންގެ ތެރެއިން އެމެރިކާގެ އަސްކަރީ އެމްކިއު-9 މަރުކާގެ ޑްރޯނެއް ވައްޓާލައި، އެފް-16 މަރުކާގެ ފައިޓަރ ޖެޓަކަށްވެސް ހަމަލާދީފައިވާނެކަމަށް އީރާނުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.