ވީއައިއޭގެ ޓާމިނަލް 2 އަށް ޓެކްސީތައް ގާތްކުރާ ގޮތަށް މުހިންމު ބަދަލުތަކެއް ގެނެސްފި

ވީއައިއޭގެ ޓާމިނަލް 2 އަށް ޓެކްސީތައް ގާތްކުރާ ގޮތަށް މުހިންމު ބަދަލުތަކެއް ގެނެސްފި

Author
ޙަސަން މުޙައްމަދު
25 މާރޗް 2026 01:39
0

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ޓާމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މިއަދު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭގޮތުގައި، މިއަދު ހެނދުނު 10:00 އިން ފެށިގެން ޓާމިނަލް 2 ގެ ކުރިމަތި ވަނީ ޓެކްސީތަކަށް މީހުން އަރުވައި ބޭލޭނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިގޮތުން، އެރައިވަލް ކުރިމަތިން ބުރާ ދެމެދުގައިވާ ސަރަހައްދު ޚާއްސަކޮށްފައިވަނީ ފަސިންޖަރުން ބޭލުމަށެވެ. އެ ސަރަހައްދުގައި އެއްފަހަރާ 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކޮށްފައި ހުންނާނެއެވެ.

މީގެ އިތުރުން، ޑިޕާޗަރ ކުރިމަތިން ބުރާ ދެމެދުގައިވާ ސަރަހައްދު ކަނޑައަޅާފައިވަނީ ފަސިންޖަރުން ޓެކްސީއަށް އެރުމަށެވެ. މި ސަރަހައްދުގައި އެއްފަހަރާ 5 ޓެކްސީއަށް މަޑުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަލަށް ގެނެވުނު މި ބަދަލުތަކަށް އާންމުންނާއި ޑްރައިވަރުން އަހުލުވެރިކުރުވައި، އެ ސަރަހައްދުގެ ޓްރެފިކް އޮމާންކަމާއެކު މެނޭޖުކުރުމަށްޓަކައި އެމްއޭސީއެލްގެ މުވައްޒަފުން އެތަނުގައި ހަރަކާތްތެރިވަމުން ދާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.