ހުޅުމާލޭގެ ބޮޑެތި ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ހުޅުމާލޭގެ ބޮޑެތި ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

Author
އަހުމަދު
25 މާރޗް 2026 01:38
0

ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވައިދަށް ގެނައި އާ އިސްލާހާއެކު، 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ޕްލޭނިން މިނިސްޓްރީން މިއަދު ދީފިއެވެ.

މީގެ ކުރިން ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި އެންމެ އުސްކޮށް އިމާރާތްކުރެވެނީ ހަތް ބުރިއަށެވެ. ނަމަވެސް އަލަށް އާންމުކުރި ގަވައިދުގެ ދަށުން 10 ބުރިއަށް އިމާރާތްކުރާއިރު، ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެފަދަ އިމާރާތްތަކުގެ އެންމެ ތިރީ ފަންގިފިލާ ނުވަތަ ގްރައުންޑް ފްލޯ ޕާކިންއަށް ޚާއްސަކުރަންޖެހޭއިރު، ފުރަތަމަ ފަންގިފިލާ ބޭނުންކުރަން ޖެހޭނީ މީހުން ދިރިއުޅުން ނޫން އެހެނިހެން (ކޮމާޝަލް) ބޭނުންތަކަށެވެ. މީގެ އިތުރުން، ގަވައިދުގައިވާ ގޮތުން ހުޅުމާލޭގެ ނެއިބަހުޑް ނުވައެއްގައި އިމާރާތްކުރެވޭނީ ޕޭމަންޓް ލެވެލުން ފެށިގެން ރޫފްބީމްގެ މަތީ ކައިރިއާ ހަމައަށް 18.5 މީޓަރަށެވެ.

މި އާ ގަވައިދުގެ ދަށުން، އިމާރާތްކުރުމުގެ އެންމެހާ ހުއްދަތަކާއި ޑިޒައިން އެޕްރޫވަލް ހޯދަންޖެހޭނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނީ ކަމާގުޅޭ ހުރިހާ ހުއްދަތަކެއް ލިބުމަށްފަހުގައެވެ. އަދި ބިންތަކުގެ އިން ވަކިކުރާ ފާހަގަތައް ޖަހައިދިނުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން އެ ފާހަގަތައް ޖަހައިދިނުމުގެ އެންމެހާ ކަންކަން ކުރުމަކީ އެޗްޑީސީގެ ޒިންމާއެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ހުޅުމާލޭގެ ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.