މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސިނަމާލެ އަދި މާލެހިޔާ ފްލެޓްތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ކުރި އިއުލާންތައް އެ ކައުންސިލުން ބާތިލުކޮށްފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ މި އިއުލާނުތައް އިއްޔެ ބާތިލުކުރިއިރު، އޭގެ ވަކި ސަބަބެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ. ބާތިލުކުރި އިއުލާނުތަކުގެ ތެރޭގައި ސިނަމާލެ 1، 2، 3، އަދި 4 ގެ އިތުރުން މާލެހިޔާ 1 އަދި 2 ގެ ފްލެޓްތަކާއި އެތަންތަނުގެ ލިފްޓްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބެލެހެއްޓުން ހިމެނެއެވެ.
ސިޓީ ކައުންސިލުން މި އިއުލާންތައް ބާތިލުކޮށްފައިވާއިރު، ހައުސިން މިނިސްޓްރީން އިއްޔެ ވަނީ މި އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަފްސީލީ އެސެސްމަންޓްތަކާއި ޓެންޑަރާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ގެޒެޓުގައި އިއުލާންކޮށްފައެވެ.
މި ފްލެޓުތަކަކީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ތަންތަނަށް ވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ މި އިމާރާތްތައް ތަޅާލުމަށްފަހު އާ ފްލެޓުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. އޭގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ ނުދެއްކިފައިވާ އާއިލާތަކަށް ހާއްސަ ލުއިތަކެއް ދިނުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ